މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސްކާރޑް ޕްރިންޓްކުރުމާއި ކާރޑް ހޯލްޑަރ އަދި ލެންޔާރޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

 

 

 އިޢުލާން

          މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސްކާރޑް ޕްރިންޓްކުރުމާއި ކާރޑް ހޯލްޑަރ އަދި ލެންޔާރޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދުމަށް 08 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު IUL)23-AP/23/2017/3) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ބައެއް ފަރާތްތަކުގެ އަންދާސީ ހިސާބުގެ މައުލޫމާތު ފުރިހަމަނުވާތީ ވާދަކުރާނެ ތިންފަރާތް ނެތުމުން އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބްރުއަރީ 05 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ރަބީޢުލްއާޙިރު 1438

 

25 ޖަނަވަރީ 2017
ހޯދާ