މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން 2017 ވަނަ އަހަރު ޙައްޖު އަދި އުމްރާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ވެކްސިން ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

 

   އިޢުލާން

          މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން 2017 ވަނަ އަހަރު ޙައްޖު އަދި އުމްރާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ވެކްސިން ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބްރުއަރީ 02 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

26 ރަބީޢުލްއާޙިރު 1438

24 ޖަނަވަރީ 2017

25 ޖަނަވަރީ 2017
ހޯދާ