ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ ދިވެހިރާއްޖެ.
އިޢުލާން
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމަށް "ގްރޯތު މޮނިޓަރިން އެންޑް ޕްރޮމޯޝަން އެސް.އޯ.ޕީ އާއި ރިސޯސް މެޓީރިއަލްސް" ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް 09 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު IUL) 23-AP/23/2017/15) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސްފަރާތަކުން ވަޑައިގެންފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބްރުއަރީ 05 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
26 ރަބީޢުލްއާޙިރު 1438
24 ޖަނަވަރީ 2017