ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެޑިކަލް ސަރވިސް ޑިޕާރޓްމަންޓަށް އެސިސްޓެންޓް އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް އޮފިސަރ / އޮފިސަރ
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް އޮފިސަރ / އޮފިސަރ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

ބޭނުންވާ އަދަދު: 1

އަސާސީ މުސާރަ: -/3380ރުފިޔާ އާއި -/4350ރުފިޔާ އާއި ދެމެދުގެ އަދަދެއް

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: މެޑިކަލް ވެއަރ ހައުސް / އެސް.ޓީ.އޯ މެޑިކަލް ސާވިސް ޑިޕާރޓްމަންޓް

 އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރުފިޔާ – -/2450ރުފިޔާ އާއި ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

 މަޤާމުގެ މަސްއޫލިއްޔަތު:

 * ކޯޓޭޝަންތައް ހަދާ ސޭލްސްއޯޑަރ ބެލެހެއްޓުން

 * ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ އެހީތެރިވެދިނުން
 * ލިޔެކިޔުންތައް ބެލެހެއްޓުން

 ތަޢުލީމާއި ތަޖުރިބާ:

 * ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން ހުނަރު:

* ކޮމްޕިއުޓަރ ސްކިލްސް (މައިކްރޯސޮފްޓް އޮފީސް ޕެކޭޖް)

 މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 29 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. 

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

   ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

   ފޯން:  3344179/3344368  ފެކްސް:  3344041  އީމެއިލް: [email protected]

   25 ރަބީޢުލްއާޚިރު 1438

23 ޖަނަވަރީ 2017
ހޯދާ