ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2017/10)
މަޤާމު: ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)
ބޭނުންވާ ޢަދަދު: 02 (ދޭއް)
މުއްދަތު: 6 (ހައެއް) މަސް
މުސާރައާއި ޢިނާޔަތް: -/15,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މަސައްކަތު ގަޑި: 10:00 – 18:00 އާ ދެމެދުގައި 08 ގަޑިއިރު
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން
ފެންވަރު ނުވަތަ ޝަރުޠު:(ހ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން
(ށ) PHP ނުވަތަ .NET ަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން
(ނ) JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން
(ރ)MSSQL ނުވަތަ MySQL އަށް އަހުލުވެރިވުން
(ބ) ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން
(ޅ) MVC ފްރޭމްވޯރކަށް އަހުލުވެރިވުންމަޤާމު: ޔޫ.އައި ޑިޒައިނަރ (ވަގުތީ)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުއްދަތު: 6 (ހައެއް) މަސް
މުސާރައާއި ޢިނާޔަތް: -/15,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މަސައްކަތު ގަޑި: 10:00 – 18:00 އާ ދެމެދުގައި 08 ގަޑިއިރުމަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން
ފެންވަރު ނުވަތަ ޝަރުޠު:(ހ) މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (އެޑްވާންސްޑް ސެޓްފިކެޓް) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
(ށ) UI/UX ޑިޒައިންގ ކުރުމުގެ ތަޖުރިބާ ލިބިފައިވުން
(ނ) ވަޔަރ ފްރޭމްސް، ސްޓޯރީބޯރޑް، ޔޫޒަރ ފްލޯ، ޕްރޮސެސް ފްލޯ އަދި ސައިޓް މެޕްސް ތައްޔާތުކުރުމުގެ ތަޖުރިބާ ހުރުން
(ބ) ފޮޓޯޝޮޕް، އިލަސްޓްރޭޓަރ ނުވަތަ އެހެނިހެން ވިޒުއަލް ޑިޒައިން އަދި ވަޔަރ ފްރޭމިން އެޕްލިކޭޝަނަށް އަހުލުވެރިވުން
(ޅ) CSS, HTML, JavaScript ބޭނުންކޮށްގެން ރެޕިޑް ޕްރޮޓޯޓައިޕް އުފެއްދުމުގެ ތަޖުރިބާ ހުރުން
(ކ) ވިސުއަލް ޑިޒައިން އާއި ޔޫޒަރ ސިސްޓަމް އިންޓަރެކްޝަންގެ ހުނަރުހުރުން
(އ) ފަހުގެ ޔޫއައި ޓްރެންޑް، ޓެކްނިކްސް އަދި ޓެކްނޮލޮޖީއަށް ފަރިތަވުން
ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް [email protected]) އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
26 ރަބީޢުލްއާޚިރު 1438
24 ޖަނަވަރީ 2017