ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ (ދާއިމީ)

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް:          ސީނިއަރ އެކައުންޓްސް އޮފިސަރ (ދާއިމީ)

މަޤާމުގެ ނަމްބަރު:       J-222742

ރޭންކް:              އެމް.އެސް 2

ކްލެސިފިކޭޝަން:       ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:       ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން:           ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާގައި

މުސާރަ:             -/6,295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް ރުފިޔާ)

ސަރވިސް އެލަވަންސް:    2,000/- ރުފިޔާ (ދެހާސް ރުފިޔާ)

ބޭނުންވާ ޢަދަދު:        01 (އެކެއް)

 

މަޤާމުގެ ޝަރުޠު:

  1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ބިޒްނަސް ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ބިޒްނަސް ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  4. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިން އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މައްސޫލިއްޔަތުތަކާއި ޒިންމާތައް:   

އެކައުންޓްސް އެންޑް ފައިނޭންސް

  1. މި އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އާއި އެހިނިހެން ފައިސާ ތިޖޫރީގައި ބެހެއްޓުމާއި އަދި ޖަމާކުރުންޖެހޭ ފައިސާ އެކައުންޓްތަކަށް ޖަމާކުރުން،
  2. ކޮންމެ ހަފްތާއަކު އެއްފަހަރު ތިޖޫރީ ގުނުމަށްފަހު ރިކޮންސައިލްކޮށް ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން ،
  3. މި އިދާރާއަށް ގަންނަންޖެހޭ ތަކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތައް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކުރުވުމާއި އަދި ބެލެހެއްޓުން،
  4. ހަރު މުދަލަށް އެސެޓް ކުރިއޭޝަން ފޯމް ތައްޔާރުކޮށް އެސެޓް ކުރިއޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން،
  5. މި އިދާރާގެ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ފައިސާ ދަންކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކައި އަދި ބަޖެޓް ބާކީ ކުރުން،
  6. ކޮންމެ މަހަކު ބަޖެޓުން ޚަރަދުކުރެވުނު ފައިސާ އާއި ބާކީ ހުންނަންޖެހޭ ފައިސާގެ ރިޕޯޓް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން،
  7. މި އިދާރާއަށް ލިބޭ އާމްދަނީ ފައިސާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ފައިސާ ބަލައިގަނެ އާމްދަނީ ޝީޓަށް އެންޓަރކޮށް އަދި ބެލެހެއްޓުން،
  8. މި އިދާރާއިން ބަލަހައްޓާ އެކައުންޓްތައް ރިކޮންސައިލްކޮށް ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގެ ތެރޭގައި ފޮނުވުން،
  9. މި އިދާރާގެ އަހަރީ ބަޖެޓާއި ބަޖެޓް ސްޓޭޓްމަންޓް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން،
  10. މި އިދާރާގެ އަހަރީ އޮޑިޓްކުރުމުގައި އުޅުއްވާ އޮޑިޓަރުންނަށް އެހީތެރިވެދިނުން،
  11. މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އެލަވަންސްތައް ދިނުމަށްޓަކައި މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ފައިސާ ޚަރަދުކުރުމުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ދިނުން،
  12. ބިޑް އިވެލުއޭޝަންއާއި ގުޅޭ މަސައްކަތް ކުރުމުގައި ބައިވެރިވުމާއި އަދި އިންސާފު ވެރިކަމާއި އެކު ބިޑްތައް އިވެލުވޭޓް ކުރުމާއި އަދި އެކަށީގެންވާ ފަރާތްތައް ބިޑް ޚަވާލު ކުރުމުގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްކޮށް ބެލެހެއްޓުން،
  13. ކޮންމެ އަހަރެއްގެވެސް ކައުންސިލްގެ އިދާރާގެ މާލީ ހިސާބު ތައްޔާރުކޮށް މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ފޮނުވަންޖެހޭ ފަރާތްތަކަށް (ކަނޑައެޅިފައިވާ މުއްދަތުގައި) ފޮނުވުން، 

އެޑްމިން

  1. މުދަލު ޒަކާތާއި ފިޠުރު ޒަކާތް ނަގައި އޭގެ ހައްޤު ވެރިންނަށް ބަހައިދިނުމުގެ އެންމެހައި ކަންކަން ސެކްޝަންގެ މުވައްޒަފުން މެދުވެރިކޮށް ކުރުވުން،
  2. ސަރުކާރާއި އެކި ޖަމާޢަތްތަކުން ފޮނުއްވާ އެހީގެ ތަކެތި ބަލައިގަތުމުން ސެކްޝަންގެ މުވައްޒަފުން މެދުވެރިކޮށް ބަހައިދިނުމުގެ ކަންކަން ކުރުވުން،
  3. ކައުންސިލުން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތުތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހިނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް 

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރައްވަން              

ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލު" ތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚް:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނޭނެ ތާރީޚާއި ގަޑިއެއް ފަހުން ލިޔުމުން އަންގާނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2017 ފެބުރުއަރީ 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދު 2014 ގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((www.csc.gov.mv ލިބެން ހުންނާނެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގަމުން ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 

  1. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު އިންޓަރވިއުއަށް ޙާޟިރުވާއިރު ގެންނަވަންވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު އިންޓަރވިއުއަށް ޙާޟިރުވާއިރު ގެންނަވަންވާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500012 ނަމްބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ. މިކަމާއި ގުޅިގެން މިއިދާރާއިން މީގެ ކުރިން ކޮށްފައިވާ ނަންބަރު: (IUL)247-CA/247/2017/3 (15 ޖަނަވަރީ 2017) އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ރަބީޢުލްއާޚިރު 1438

24  ޖަނަވަރީ    2017

24 ޖަނަވަރީ 2017
ހޯދާ