ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑްރައިވަރ ގްރޭޑް 2

މަޤާމް :ޑްރައިވަރ ގްރޭޑް
ބޭނުންވާ އަދަދު :1

         ވަޒީފާގެ ފުރުޞަތު                                       

މަޤާމު: ޑްރައިވަރ ގްރޭޑް 2

މުސާރަ އާއި އެލަވަންސް

މަހަކު -/6200ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

SS 2

ބޭނުންވާ ޢަދަދު

04

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން / ލޮޖިސްޓިކް

މަޤާމުގެ ޝަރުތު:

ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(A-01, B-01, C-01,C-02) މި ކެޓަގަރީ ތަކުގެ ލައިސަންސް އޮންނަ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
  2. ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ދުއްވުން
  3. ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކްކުރުން.
  4. ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން  ޗެކްކޮށް އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުން. އަދި އެކަން ކުންފުނީގެ ޓްރާންސްޕޯޓް ގެ ކަންތައްތަކާއި އެވަގުތު ޙާވާލުވެ ހުންނަ ފަރާތަކަށް އެންގުން.
  5. ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލްއަޅާ، ފިއުލް އެޅިކަމުގެ ސްލިޕް ކުންފުނީގެ ޓްރާންސްޕޯޓްގެ ކަންތައްތަކާއި އެވަގުތަކު ޙަވާލުވެ ހުންނަ ފަރާތަކާ ޙަވާލުކުރުން.
  6. ޓްރާންސްޕޯޓްގެ ކަންތައްތަކާއި ޙަވާލުވެ ހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން
  7. ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި، ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 ފެބްރުއަރީ 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                        26 ރަބީޢޫލްއާޚިރު 1438

24 ޖަނަވަރީ 2017
ހޯދާ