ދިވެހިރާއްޖެ
މަޤާމް: އޮފިސަރ
ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް
މަޤާމުގެ ޝަރުތު:
- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ/ އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން
- މައިކްރޯސޮފްޓް ނުވަތަ ސިސްކޯ ޕްރޮފެޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން އެއް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
- މައިކްރޮސޮފްޓް ސަރވަރ/ކްލައިންޓް ސިސްޓަމްސް އަދި ލިނަކްސް ސިސްޓަމްސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން
- ނެޓްވޯކް (ޑޭޓާ/ޓެލެފޯނު)، ހާރޑްވެއެރ، ސޮފްޓްވެއަރގެ މައްސަލަތައް ޙައްލުކުރަން އެނގުން
- ވީ.އެމް ވެއަރ ވަރޗުއަލައިޒޭޝަން ޕްލެޓްފޯރމްސް، ސިސްކޯ، އަދި ސެންޓްރަލީ މެނޭޖް ކޮށްފައިވާ ވައި-ފައި ނެޓްވޯކްސް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
- އިނގިރޭސިއާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުމާއި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހުރިހާ އިންޓަރނަލް/އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.
- ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނިޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން، ޑޭޓާ ބެކްއަޕް ކުރުން.
- ސްޓޭންޑަރޑް ކޮންފިގަރޭޝަންތައް ބަލަހައްޓާ، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައިޓީ ހުރިހާ ކަންތައްތައް ބެލެހެއްޓުން.
މުސާރައާއި ޢިނާޔަތް:
ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި:
2017 ފެބުރުވަރީ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.