ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( އިސްލާމް )

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމް :

ރިލީފް ޓީޗަރ ( އިސްލާމް ) 3 މަސް ދުވަހަށް

ބޭނުންވާ ޢަދަދު :

01 ( އެކެއް )

މަޤާމު އޮތް އޮފީސް :

ޖަލާލުއްދީން ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް :

ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

 

  • ސިލަބަހާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުން
  • ސްކޫލްގެ ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުން
  • ޓީޗަރެއްގެ ހައިސިއްޔަތުން ޙަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން
  • ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން
  • ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި އަމިއްލަ ތަރައްޤީއަށް މަސައްކަތް ކުރުން
  • މުޖުތަމަޢު އާއި ސްކޫލާއި އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުމަށް މަސައްކަތް ކުރުން

 

 

މަޤާމުގެ މަސްޢޫލިއްޔަތު

 

1-      ޙަވާލުކުރެވޭ ތާވަލާއި އެއްގޮތަށް ކްލާސްތަކަށް ހާޒިރުވެ، " ސްކީމް އޮފް ވޯކް " ގައިވާ ގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލްކޮށްދިނުން

2-      ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން

3-      ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ހުނަރު ތަރައްޤީކުރަން މަސައްކަތް ކުރުން

4-      ޓީޗަރެއްގެ ހައިސިއްޔަތުން ޙަވާކުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން

5-      ސްކޫލް ދަރިވަރުންގެ އަޚްލާޤާއި، ސްލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން

6-      ދިވެހި ސަރުކާރުގެ ޤަވާޢިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި ސްކޫލްގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން

 

 

ޝަރުތު

މުސާރަ (މަހަކު)

ސާވިސް އެލަވަންސް (މަހަކު)

 

ސާނަވީ ތަޢުލީމު ހާސިލްކޮށްފައިވުން

-/4500ރ

-/1500ރ

 

މަތީ ސާނަވީ ތަޢުލީމު ހާސިލްކޮށްފައިވުން

-/5500ރ

-/1500ރ

 

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

-/6090ރ

-/2500ރ

 

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-/7070ރ

-/2500ރ

 

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު CS11-2 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން  

-/7450ރ

-/2500ރ

 

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު CS11-3 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން  

-/7840ރ

-/2500ރ

 

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު CS11-4 ރޭންކްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-/8250ރ

-/2500ރ

 

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-/8440ރ

-/2500ރ

 

އެހެނިހެން އިނާޔަތްތައް

 

ހަމަޖެހިފައިވާ އުޞޫލުން ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް :

-   ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

-   މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-   މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދެވޭ މިންވަރު

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި :

 

  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ :

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންފަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )

 

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސް ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

  • ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ( ވަޒީފާ އަދާކުރި މުއްދަތާއި،ކުރި މަސައްކަތާއި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ )

 

  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު )

 

ސުންގަޑި :މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށައަޅާފޯމާއި މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 2017 ޖެނުއަރީ 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު : މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ފެބްރުއަރީ 2017 ވާ ބުދަ ދުވަހު ޖަލާލުއްދީން ސްކޫލްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 6528815 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

23 ޖަނަވަރީ 2017
ހޯދާ