މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން ކުރިއަށްގެންދާ މާލެ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް މަސައްކަތަށް ބޭނުންވާ ގައު ތިލަފުށިން މާލެ ގެނައުމަށް 80 ފޫޓަށްވުރެ ކުޑަނޫން ދޯންޏެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

އަގު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް:

ހ- އަގު (އެސްޓިމޭޓް) / އަގު ހުށަހަޅުއްވަން ވާނީ ދަތުރަކަށްވާ އަގެވެ.

ށ- އަގު ހުށަހަޅަންވާނީ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިންން އެނގޭ ގޮތަށެވެ.

 

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ އަދި އުޅަނދުގެ ރަޖިސްޓްރީ ކޮޕީ.

ނ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ  މަސައްކަތް ނިންމިކަމުގެ ލިޔުން.)

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް

ހ- އަގު: 50 ޕޮއިންޓް

ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 50X}

ށ- ދޯނީގެ ދިގުމިން:40 ޕޮއިންޓް

80 ފޫޓް = 05

81 – 90 ފޫޓް = 07

91 – 100 ފޫޓް = 10  

100 ފޫޓަށްވުރެ ބޮޑު = 18

ނ- މަސައްކަތު ތަޖުރިބާ: 10

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ 2017 ހޯމަ ދުވަހުގެ 11:00 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖަނަވަރީ 2017 ހޯމަ ދުވަހުގެ 11:00  އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ރަބީޢުލްއާޚިރް 1438  

23 ޖަނަވަރީ 2017
ހޯދާ