މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން ތ.ބުރުނީގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ 01 ޑަމްޕްލޮރީ ރ.މާކުރަތުން ތ.ބުރުންޏަށް ގެންގޮސްދޭނެ

ފަރާތެއް ހޯދަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ އަދި އުޅަނދުގެ ރަޖިސްޓްރީ ކޮޕީ.

ނ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ  މަސައްކަތް ނިންމިކަމުގެ ލިޔުން.)

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް

ހ- އަގު: 90 ޕޮއިންޓް

ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު)90x}       

ށ- މަސައްކަތު ތަޖުރިބާ: 10

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ 2017 ހޯމަ ދުވަހުގެ 12:00 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖަނަވަރީ 2017 ހޯމަ ދުވަހުގެ 12:00  އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ރަބީޢުލްއާޚިރް 1438 

 

23 ޖަނަވަރީ 2017
ހޯދާ