މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ވިލިގިލީ ފްލެޓް އިމާރާތުގެ ލިފްޓް ސަރވިސް ކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ.

އެމް.އެން.ޑީ.އެފް ކ. ވިލިގިލީ ފްލެޓް އިމާރާތުގައި ބޭނުންކުރާ މިޓްސުބުޝީ 02 ލިފްޓް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.             

ވީމާ، މިމަސައްކަތްކޮށްދޭންއެދޭ ފަރާތްތަކުން 2017 ޖަނަވަރީ 26 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2017 ޖަނަވަރީ 30 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2017/02 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

23 ޖަނަވަރީ 2017
ހޯދާ