މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހުސްވެފައިވާ މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ތާރީޚް ފަސްކުރުން

 

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

           ނަންބަރ: (IUL)10-M/10/2017/3

 

އިޢުލާން

ހުސްވެފައިވާ މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ތާރީޚް ފަސްކުރުން

ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުނެގުން 2017 ފެބްރުއަރީ 4 ވާ  ހޮނިހިރު ދުވަހުގެ 14:30 ން 15:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އަދި މިއިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުން 2017 ޖަނަވަރީ 30، 31 އަދި ފެބްރުއަރީ 1 ވަނަދުވަހުގެ   ހެނދުނު 9:00 ން ފެށިގެން  މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.  ރަޖިސްޓްރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ މީޑިއާއެއްގެ ތައްގަޑު ޖެހި ލިޔުމެއް ގެންނަންވާނެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ވޯޓުދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ  ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށެވެ.

ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށްް މީޑިއާގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓް

ކެނޑިޑޭޓް ނަމްބަރ

ނަމާއި އެޑްރެސް

ދާއިރާ

01

ޢަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު

ރާއްޖެ ޓީވީ

02

މުޙައްމަދު ނިޔާޒު/ ހ. ރުކުމާގެ

ޗެނަލް 13

 

25 ރަބީޢުލްއާޚިރު  1438

23 ޖަނަވަރީ     2017

23 ޖަނަވަރީ 2017
ހޯދާ