މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ޢިމާރާތާއި، އެކަމަޑޭޝަން ޢިމާރާތާއި، އަދި ޖަލުގޮޅިބަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން
- ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ޢިމާރާތާއި، އެކަމަޑޭޝަން ޢިމާރާތާއި، އަދި ޖަލުގޮޅިބަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖަނަވަރީ 23 ވަނަ ދުވަހުން ފެށިގެން 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ ނިއަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ، ރ.އުނގޫފާރުގައި ނަމަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ (އެއް ސަތޭކަަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖަނަވަރީ 29 ވާ އާދިއްތަ ދުވަހުގެ 11:30 ގައި، މާލޭގައި ނަމަ މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ، ރ.އުނގޫފާރު ގައި ނަމަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:30 ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2017 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މާލޭގައި ނަމަ މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ، ރ.އުނގޫފާރު ގައި ނަމަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފަައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
- އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
23 ޖަނަވަރީ 2017
ހޯދާ