ކިނޮޅަހު ހެލްތު ސެންޓަރ، ރ. ކިނޮޅަސް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު :1

c

ރ. ކިނޮޅަހު ޞިއްޙީމަރުކަޒު

ރ.ކިނޮޅަސް، ދިވެހިރާއްޖެ

ނަންބަރު: (IUL)KHC/2017/01 

ވަޒީފާގެ ފުރުޞަތު

ތާރީޚް:  23 ޖެނުއަރީ 2017

 

ރ.ކިނޮޅަހު ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

 

މަޤާމުގެ ނަން:

ރިސެޕްޝަނިސްޓް

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އިތުރު އިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

މަޤާމް އޮތް ތަން

ރ. ކިނޮޅަހު ޞިއްޙީމަރުކަޒު

ޑިވިޝަން/ ސެކްޝަން:

އެޑްމިން ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން:

ރ.ކިނޮޅަހު ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑޮކްޓަށް ދައްކަން އަންނަ ބަލިމީހުންނަށް ނަމްބަރ ދޫކުރުމާއި ރަޖިސްޓްރީ ކުރުން
  2. އާސްނަދައި ދަށުން ޚިދުމަތް ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ބެލެހެއްޓުން
  3. ބަލިމީހުން އަތުން ފައިސާނަގާ އާމުދަނީ ދުވަހު ފޮތަށް އެރުވުމާއި އެކު މަސް ނިމުމުން ރިޕޯޓް ހަދައި ޖަމާކުރުމަށް އޮފީހަށް ހަވާލުކުރުން
  4. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުން
  5. ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  6. މެޑިކަލް ސެޓްފިކެޓް ހެދުމާއި ދޫކުރުން 
  7. މެޑިކަލް ރެކޯޑްސް ބެލެހެއްޓުން
  8. މަންތުލީ އެކްޓިވިޓީ ރިޕޯޓް ހެދުން
  9. ތަރުޖަމާނު ނެތިއްޖެ ހާލަތެއްގައި ތަރުޖަމާ ކުރުން
  10. މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން މަރުކަޒުގެ މަސައްކަތުގައި ދެންނެވިފައިވާ ކަންތަކުގެ އިތުރުން މަރުކަޒާ ގުޅުންހުރި ކަމެއް އެދިއްޖެނަމަ އެކަމެއްގައި އެހީތެރިވުން.

ތަޢުލީމާއި، ތަޖްރިބާ:

  1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު،

 

ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،  ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1.     މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ކިނޮޅަހު ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުންwww.csc.gov.mv އިން ލިބެންހުންނާނެއެވެ.)

 

  1. 2.     ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޟެތް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

  1. 3.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

 

  1. 4.     ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

 

  1. 5.     މަސައްކަތުގެ ތަޖްރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

 

  1. 6.     ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

 

  1. 7.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ ރ.ކިނޮޅަހު ޞިއްޙީމަރުކަޒުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުއަރީ 01 ވަނަ ދުވަހުގެ 14.00 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރ. ކިނޮޅަހު ޞިއްޙީމަރުކަޒުގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތް ތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6580401 ނަމްބަރު ފޯނަށެވެ.

 

             25 ރަބީޢުލް އާޙިރް  1438      

        23 ޖެނުއަރީ 2017

 

 

                                                              ފާތިމަތު ސާއިދާ

                                                              އެންރޯލްޑް ނާރސް     

23 ޖަނަވަރީ 2017
ހޯދާ