ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް މިއޮފީހުގެ މުވައްޒަފުންގެ ޔުނީފޯމުގައި ޖެހުމަށް ބޭނުންވާ ކޮނޑު ފޮތި ކޮޅު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/76 އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 ޖަނަވަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
24 ރަބީޢުލްއާޚިރު 1438
22 ޖަނަވަރީ 2017