މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް

 

އިއުލާން

 

ވަޒީފާގެ ފުރުސަތު: މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް

މެނޭޖަރ/ބިޒްނަސް ޑިވެލޮޕްމަންޓް

މަޤާމް

މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު 15,200އާއި 17,900 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

-      ލިވިންގް އެލަވަންސް: މަހަކު 4000 ރުފިޔާ

-      އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

-      އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: 5000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގެ ޝަރުތުތައް

  • ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމެންޓްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތްތައް ކުރުން
  • ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް ތައްޔާރު ކުރުމާއި ރޭވުންތައް ރާވައި ހިންގުން
  • ކޯޕަރޭޝަންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ބަލައި ވިޔަފާރި ތަރައްޤީ ކުރުމަށް ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން
  • ކޯޕަރޭޝަންގެ ރިޕޯޓްތައް ގަވާއިދުން ތައްޔާރު ކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ޕޮޓެންޝަލް ކްލައިންޓްސްގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާ ބައްދަލުވުން ހަމަޖެއްސުން
  • ކުންފުނިތަކުގެ ޑިޒިޝަން މޭކަރސްއާ ބައްދަލުކުރުން
  • ޕޮޓެންޝަލް ކްލައިންޓްސް ފާހަގަކޮށް ވިޔަފާރީގެ އުސޫލުތައް ކަޑައެޅުން.
  • ކޯޕަރޭޝަނަށް ލިބެންހުރި ވިޔަފާރި ފުރުސަތުތަކާއި ގުޅޭގޮތުން ދިރާސާކުރުން.
  • ކޯޕަރޭޝަނަށް ފައިދާ ކުރަނިވި ތަޞައްވަރެއް ގާއިމްކުރުމުގެ މަސައްކަތްކުރުން.
  • ކޯޕަރޭޝަނަށް ލިބެންހުރި އައު ވިޔަފާރި ފުރުސަތުތައް ދިރާސާކޮށް މެނޭޖްމަންޓަށް ހުށައެޅުން
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މީގެ އިތުރުންޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު އަދި ތަޖުރިބާ ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލްކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

1.     ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)

2.     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.     ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.

5.     ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) ގުޅާނީ، 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

24 ރަބީޢުލް އާޙިރް 1438

22 ޖެނުއަރީ 2017

22 ޖަނަވަރީ 2017
ހޯދާ