މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެ ސިޓީގައި ނިޔާވާމީހުން ވަޅުލުމާއި ، ޖަނަޒާގެ ހުރިހާކަމެއް ކުރުން

މާލެ ސިޓީގައި ނިޔާވާމީހުން ވަޅުލުމާއި ، ޖަނަޒާގެ ހުރިހާކަމެއް 01 ފެބްރުއަރީ 2017 އިން ފެށިގެން ކުރަމުން ގެންދާނީ ހުޅުމާލޭ ސަހަރާގައެވެ.

ވީމާ، ހުޅުމާލޭ ސަހަރާއިން ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި ، ކަފައާއި ، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ( ހިލޭ ނުވަތަ ހަމައެކަނި މެޓީރިއަލްގެ އަގު ނަގައިގެން ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރާފަރާތަށް މި މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެއެވެ.

ވީމާ ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2017 ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ 13:00 އަށް  މި މިނިސްޓްރީއަށް  ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2017 ޖެނުއަރީ 25 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020200 ފޯނަށެވެ.

 

21  ރަބީއުލް އާހިރު  1438

19   ޖެނުއަރީ      2017  

19 ޖަނަވަރީ 2017
ހޯދާ