މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ ފަރުނީޗަރު، ށ. އަތޮޅު ތަޢުލީމީ މަރުކަޒު / ށ. ކޮމަންޑޫ އަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.

140 ޑެސްކު

4 ޓީޗަރސް ޓޭބަލް

4 ވައިޓް ބޯޑް

140 ޕްލާސްޓިކު ގޮނޑި (އަތްގަނޑު ނުލާ)

4 ޕްލާސްޓިކު ގޮނޑި (އަތްގަނޑު ލީ)

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.                                                                  

މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީ 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ 'ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާރނީޗަރ (ށ. އަތޮޅު ތައުލީމީ މަރުކަޒު)' ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށައަޅަން ވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓް އަދި  ހޯދުމަށް އެދި [email protected]  ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް http://eedp.moe.gov.mv/#/download  އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މި ދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގް) ގައެވެ.

މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯރ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:  ނަންބަރ 3341317، 3341318  ފޯން އަށެވެ.

ނުވަތަ އީމެއިލް ކުރައްވާނީ:  [email protected]  ނުވަތަ  [email protected] 

19 ޖުމާދިލްއާޚިރު 1438 

17 ޖަނަވަރީ 2017
ހޯދާ