އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އައްޑޫ އެވޯޑް 2016" ޙަފްލާއަށް ދަޢުވަތުއެރުވިގެން އައްޑޫސިޓީއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ އެއްގަމު ދަތުރުފަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

"އައްޑޫ އެވޯޑް 2016"

"އައްޑޫ އެވޯޑް 2016" ޙަފްލާއަށް ދަޢުވަތުއެރުވިގެން އައްޑޫސިޓީއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ދަތުރުތައް ޕްރައިވެޓްކާރުގައި ކޮށްދޭނެފަރާތްތައްހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިޙަފްލާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުތަކަށް ޕްރައިވެޓް ކާރުގައި ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2017 ޖެނުއަރީ 22 ވާ އާދީއްތަދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖެނުއަރީ 24 ވާ އަންގާރަދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ވަޑައިގަންނަވާ ފަރާތްތައް ސެޝަންތަކުގައި ބައިވެރިކުރެވެން ނޮއޮންނާނެވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.   

 21 ޖުމާދަލްއާޚިރާ 1438

18 ޖަނަވަރީ 2017
ހޯދާ