ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

އެޑްމިނިސްޓްރޭޓިވް  އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2          ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކްހޯލްޑަރ ރިލޭޝަންސް    (ފްރަންޓް އޮފީސް)

މަޤާމުގެ ޝަރުޠު

ތަޢުލީމީ ފެންވަރު:

  1. މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ކަސްޓަމަރ ސަރވިސް ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

   ނުވަތަ

  1. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

   ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީސް ކައުންޓަރަށް އަންނަ ތަކެތި ބަލައިގަތުމާއި، އޮފީހާއި ގުޅޭ މަޢުލޫމާތު ދިނުން.
  2. ކާބޯ ތަކެތި ގަތުމަށް ދެވޭ މާލީ އެހީ، އެކަނިވެރި މައިން / ބަފައިނަށް ދެވެ އެހީ، މައިން ބަފައިންގެ އެހީތެރިކަންނެތި ބަލަހައްޓަކުދިންނަށް ދެވޭ އެހީ  އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދެވޭ އެހީއަށް އެދި ހުށާ ފޯމްތައް ބަލައިގަތުމަށް ފަހު ސްކޭން ކުރުމަށްފަހު ވެރިއަކަށް ރޫޓް ކުރުން.
  3. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސްފަރުވާގެ އެހީއަށް އެދި މިއެޖެންސީއަށް ހުށަހަޅާ ސިޓީތައް  ބަލައިގަތުމާއި ސްކޭން ކުރުމަށްފަހު ވެރިއަކަށް ރޫޓްކުރުން.
  4. ޕޯސްޓުން އަންނަ އަތޮޅުތެރޭން ހުށަހަޅާ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ އެހީއަށް އެދި ހުށަހަޅައި ފޯމާއި ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނަށާއި ބަލަހައްޓާފަރާތައް ދެވޭ އެހީއަށް އެދި ހުށަހަޅާ ފޯމްތަކުގެ ހުރިހާ ލިޔެކިއުންތަކާއި މަޢުލޫމާތުތައް ހަމަތޯ ބެލުމަށްފަހު ހުރިހާ ލިޔެކިއުންތައް ހަމަނުވާނަމަ އެފަރާތްތަކަށް ގުޅާ ރަށު އޮފީހަށް ޕޯސްޓްކުރުމަށް ޑިސްޕެޗާއި ހަވާލުކުރުން.
  5. ލިޔެކިއުންތަކާއި މަޢުލޫމާތު ހަމަވާ ފޯމްތައް ސްކޭން ކޮށް އެންޓްރީ ކުރުމަށްފަހު ވެރިއަކަށް ރޫޓް ކުރުން.
  6. އިންފޯ، ފެކްސް އަދި ޖެމްސްއަށް އަންނަ ލިޔެކުއުންތަކާއި ފޯމުތައް ދުވަހުން ދުވަހައް ބަލައިގަތުން.

އުޖޫރައާއި އިނާޔަތްތައް

  • މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  • ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50/- ރުފިޔާ
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގާދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

ސުންގަޑި

  • 29 ޖެނުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • އިންޓަރވިއު ކުރުން  2017 ވަނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި  ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ މިއެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާއި ގުޅުއްވުން އެދެމެވެ.

 

15 ޖަނަވަރީ 2017
ހޯދާ