ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު ނަންބަރު:

J-222440

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މުސާރަ:

މަހަކު -/7,035ރުފިޔާ

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ، ގދ. ނަޑެއްލާ

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

  1. ސިވިލް ސާރވިސް ކޮމިޝަންގެ ޤަވާޢިދުގެ ދަށުން، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލު ކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތްތަކާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މުވައްޒަފުންގެ އެންމެހާ ކަންތައްތައް ސްޕަރވައިޒްކޮށް ބެލެހެއްޓުން.
  2. އެންޓްރީ އާއި ޔައުމިއްޔާ އަދި އިންވެންޓްރީ ޤަވާޢިދުން ބަލަހައްޓަމުންދޭތޯ ޗެކްކުރުން.
  3. އަތޮޅު ކައުންސިލަށާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވަމުންދޭތޯ ބެލެހެއްޓުން.
  4. ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ވިހާ މަރުވާއާއި އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓްގެ މަސައްކަތްތައް ކުރެވެނީ ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައްތޯ ބެލެހެއްޓުން.
  5. ތަފާސް ހިސާބާބެހޭ އެންމެހާ ކަންތައްތައް ކުރެވެނީ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތައްތޯ ބެލެހެއްޓުން.
  6. އައިޑެންޓިޓީކާޑުގެ މަސައްކަތްތައް ކުރެވެނީ ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައްތޯ ބެލެހެއްޓުން.
  7. އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ ޖަލްސާ ސެމިނާރ ފަދަ ކަންކަން މުވައްޒަފުން މެދުވެރިކޮށް އިންތިޒާމުކޮށް ހިންގުން.
  8. ވިޔަފާރި ހުއްދައާއި ބެހޭ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައް ކޮށް ކުރުވައި ބެލެހެއްޓުން.
  9. ގޯއްޗާއި ޢިމާރާތާއި ގޯތި އަދި ބިމުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީގެ މަސައްކަތްތަކާއި ބަލަހައްޓަންޖެހޭ ބިނާތަކާއި ބިންތައް ސަރުކާރުން ހަމަޖައްސަވާފައިވާ ޤަވާޢިދާ އެއްގޮތައް ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  10. މަރުވާ މީހުން ވަޅުލުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  11. ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ ކަންތައްތަކާއި، ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމަށް މީހުން ހަމަޖައްސާ އެންގުމާއި ޚުޠުބާ ޙަވާލުކޮށް އެކަން ހިނގާ ނުހިނގާގޮތް ބެލުން.
  12. އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ގުޅިގެން ބަޔާން ނެގުމާއި ރިޕޯޓް ތައްޔާރު ކުރުންފަދަ މަސައްކަތްތައް ކުރުވައި ބެލެހެއްޓުމާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން އަދި ކުރުވުން.
  13. އެކިއެކި އިންތިޚާބުތަކާއިބެހޭ ކަންތައްތައް އެ ކަންކަމާއިބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާޢިދާއި އެއްގޮތައް  އަތޮޅު ކައުންސިލުން އަދި އިލެކްޝަންސް ކޮމިޝަނުން އަންގަވާ ގޮތެއްގެ މަތިން ހިންގައި ބެލެހެއްޓުން.
  14. ސަރުކާރުގެ ބޭނުންތަކުގައި ރަށަށް ވަޑައިގަންނަވާ ޓީމުތަކުގެ މަސައްކަތުގައި ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތަކަށް މަގު ފަހިކޮށްދިނުން.
  15. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދު ހިންގުމުގައާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޛު ކުރުމަށްޓަކާ ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައް ކޮށް ކުރުވައި ފައިސާގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލިއްޔާތާއިބެހޭ ޤަވާޢިދާއި އެއްގޮތައްތޯ ބެލެހެއްޓުން.
  16. ޤާނޫނާއި ޤަވާޢިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛު ކުރުމަށްޓަކާ ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައް ކޮށް ކުރުވައި ބެލެހެއްޓުން.
  17. މާރާމާރީއާއި ވައްކަން އަދި އަލިފާނުގެ ޙާދިސާތައްފަދަ ބޮޑެތި ކަންތައްތައް ހިނގުމުން ލަސްނުކޮށް އެކަމަކާބެހޭ ފުރިހަމަ މަޢުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވުމާއި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެ މަތިން އެފަދަ ޙާދިޘާތަކާއިބެހޭ އެންމެހާ ކަންކަން އިންތިޒާމުކޮށް ހިންގުން.
  18. ރަށުގައި ހިންގޭ ސަރުކާރުގެ އެންމެހާ ޕްރޮޖެކްޓްތައް ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަރވިއުއަށް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއިން އަންގާ ތާރީޚެއްގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ނުވަތަ އެޓެސްޓް ކުރެވިފައިވާ)

3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

6- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގެ 6840007 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6840009 އެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1438

17 ޖަނަވަރީ    2017 

17 ޖަނަވަރީ 2017
ހޯދާ