މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާއިބެހޭ

ި މިނިސްޓްރީގެ ނަންބަރު (IUL)13-J2/13/2016/232 (25 ޑިސެންބަރު 2016) ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ، އޯކިޑް ޕްލާޒާ އަދި ނިއުޕްލާޒާ ބިލްޑިންގއަކީ ގިނަދުވަސްތަކެއްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބާވެ، ގިނަ މާރާމާތުތަކެއްކުރަން ޖެހިފައިވާ އަދި މިހާރުވެސް މާރާމާތުކުރަމުންގެންދާ ތަނެކެވެ. އެހެންކަމުން މިތަނަކީ މީހުން ދިރިއުޅުމަށް  އެންމެ އެކަށީގެންވާ ހާލަތުގައި ހުރި ތަންތަންތޯ ދެނެގަތުމަށް، ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ހަދަން ބޭނުންވެއެވެ.

 

މަސައްކަތުގެ ތަފްސީލް

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކުރުން

22 ޖަނަވަރީ 2017

13:00ގައި

 29 ޖަނަވަރީ 2017

13:00ގައި

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ ވެލުއޭޝަން އެންޑް ޕްރޮޕަރޓީ ސާވިސަސް ޑިވިޜަނަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޖަނަވަރީ 2017
ހޯދާ