ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

ވަޒީފާގެ ފުރުސަތު
 

މަޤާމު:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

ސެކްޝަން

ސިސްޓަމްސް މެނޭޖްމަންޓް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ އިދާރާގައި ބޭނުން ކުރެވޭ އީމެއިލް ސިސްޓަމް މެނޭޖްކުރުން.
  2. ކޮމިޝަނުގެ އިދާރާގެ ނެޓްވަރކަށް އެޑްމިނިސްޓަރ ކުރުން، އަދި ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  3. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  4. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސާވަރތައް ކޮންފިގަރކޮށް މެއިންޓަނަންސްގެ މަސައްކަތްކުރުން، އަޕްޑޭޓް ކުރުން އަދި ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  5. ކޮމިޝަނުގެ އިދާރާގެ ތެރޭގައި ބޭނުންކުރެވޭ އައި.ޓީ އާ ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުން. އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  6. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޕްރޮގްރާމްތައް މެނޭޖްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  7. ކޮމިޝަންގެ ފޯނުތަކާއި އެކްސްޓެންޝަންތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  8. އައު ކޮމްޕިއުޓަރ ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި ނެޓްވާރކާ ގުޅާލުން.
  9. ކޮމިޝަނުގެ އިދާރާގެ އިންޓަނެޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  10. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑީސެންޓްރަލައިޒް ކުރުމުގެ މަސައްކަތް ކުރުން.
  11. ކޮމިޝަނުގެ އިދާރާގެ ވެބްސައިޓް، އެންޓިވައިރަސް އަދި އިންޓްރާނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ލެބްގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން.
  13. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  14. ސިސްޓަމްސް މެނޭޖްމަންޓް ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  15. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2017 ޖަނަވަރީ 24 ވާ އަންގާރަދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ދެވޭ ޕްރެކްޓިކަލްސް %20 (ކަނޑައެޅިފައިވާ އިން ސައްތަ: ޕްރެކްޓިކަލްސް، ތިއަރީ )
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %34)

ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ދެވޭ ޕްރެކްޓިކަލްސްއާ ގުޅޭ މައުލޫމާތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޕްރެކްޓިކަލްއަށް ކަނޑައެޅިފައިވާާ އިންސައްތައިގެ %50 (ފަންސާސް އިންސައްތަ) ނުލިބޭނަމަ، ވަޒީފާ އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ބަލައި، އިންޓަވިއުއެއް ނުބޭއްވޭނެއެވެ.

އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 ޖަނަވަރީ 29 އާއި 2017 ފެބުރުވަރީ 9 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިންް ލިބިވަޑައިގަންނަވާނެއެވެ.

 

13 ރަބީޢުލްއާޚިރު 1438

11 ޖަނަވަރީ 2017
ހޯދާ