މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓަޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމް: އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ކުންފުނީގެ ޓެކްނޮލޮޖިކަލް އިންފްރާސްޓްރަކްޗަރ މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އޭގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

2. ކުންފުނީގެ ވެބްސައިޓާއި، އީ-ލާރނިންގ ޕޯޓަލް ތަރައްޤީކުރުމާއި ބެލެހެއްޓުން.

3. ކުންފުނީގެ މަސައްކަތުގައި ބޭނުންކުރަންޖެހޭ ތަފާތު ސިސްޓަމްތައް (އެޗް.އާރ ސިސްޓަމް، އެކައުންޓިންގ ސިސްޓަމް) ހޯދައި ބެލެހެއްޓުމުގައި ކަމާގުޅޭ ޑިޕާޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

4. ކުންފުނިން ބަލަހައްޓާ މަޢުލޫމާތާއި ޑޭޓާތައް ރައްކާތެރިގޮތެއްގައި ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސުން.

5. ޓެލްނޮލޮޖީއާ ގުޅުންހުރި، ދުވަހުން ދުވަހަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

6. ޑިޕާޓްމަންޓާ ގުޅުންހުރި އެސް.އޯ.ޕީތައް އެކުލަވައިލުމާއި ތަންފީޒުކުރުން.

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މި ދާއިރާއާ ގުޅޭ 5 (ފަސް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ޕްރޮގްރާމިންގ ލެންގުއޭޖުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

3. މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ www.mcif.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.  އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

އިންޓަވިއު:

މި މަޤާމުގެ އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މޫކައި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން.

މާލެ، ދިވެހިރާއްޖެ

ފޯން: 3008300

އީމެއިލް: [email protected]

13 ރަބީޢުލްއާޚީރު 1438

11 ޖަނަވަރީ 2017
ހޯދާ