އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
3 ޕާރޓް ކަރބަންލެސް ޕޭޕަރގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

3 ޕާރޓް ކަރބަންލެސް ޕޭޕަރގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް 3 ޕާރޓް ކަރބަންލެސް ޕޭޕަރ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:231/A)AB-2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

11:00

ބުދަ

18 ޖަނަވަރީ 2017

މަޢުލޫމާތު ސާފުކުރުން

11:00

އާދީއްތަ

22 ޖަނަވަރީ 2017

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

13 ރަބީޢުލްއާޚިރު 1438

11 ޖަނަވަރީ 2017
ހޯދާ