ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓަރކީ ސްކޮލަރޝިޕް 2017

ޓަރކީ ސްކޮލަރޝިޕް 2017

ތުރުކީ ސްކޮލަރޝިޕްސްގެ ދަށުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގަވާފައިވެއެވެ. މިގޮތުން، ޕޯސްޓްގްރެޖުއޭޓް ފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ 2016 ޑިސެންބަރުން ފެށިގެން ހުޅުވާލާފައެވެ. އަދި އަންޑަރގްރެޖުއޭޓް ފުރުޞަތުތަކަށް ހުޅުވާލެވޭނެ ތާރީޚެއްގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ފަހުން ލިބިވަޑައިގަންނަވާނެއެވެ.  

ވީމާ، މި ކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

/http://www.turkiyeburslari.gov.tr/index.php/en

 * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން، ހޮވިފައިވާ ކޯހާއި ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

11 ޖަނަވަރީ 2017
ހޯދާ