މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ

މަޤާމް :އިންޖިނިއަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އިންޖިނިއަރ

މަސައްކަތް ކުރަންޖެހޭ ތަން: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް

މަޤާމުގެ ޝަރުޠު

1. ސިވިލް / ސްޓްރަކްޗަރަލް އިންޖިނިއަރިންގ އިން ބެޗެލަރސް ޑިގްރީ / މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

2. މި ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހަކަށްވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޕްލޭންތައް ހެދުމާއި، އިމާރާތްކުރުމާބެހޭ ކުރެހުންތައް ތައްޔާރުކުރުން.

2. އޮނިގަނޑު ފަރުމާކުރުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހިމެނޭގޮތަށް، އެ ފެންވަރުގައި ކުރުން.

3. ސިވިލް އިންޖިނިއަރިންގއާއި ޓެންޑަރިންގއަށް ބޭނުންވާ އެހެނިހެން ކުރެހުންތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:     

1. ސީވީ

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

5. ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

6. 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނެ ގޮތް:    

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިންޓަވިއު:

އިންޓަވިއުއަށް ކިޔޭނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، 3325511 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017
ހޯދާ