މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިޢުލާން ކެންސަލްކުރުން

MSCL/GOV/IUL/2017/9 ނަންބަރު އިޢުލާން ކެންސަލްކުރުން

މި ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ގަލޮޅުދަނޑުގެ އެކޮމަޑޭޝަން ބްލޮކުގެ ފުރަތަމަ ފަންގިފިލާއަށް، މި ކޯޕަރޭޝަނުން ހުށަހަޅާ ކުރެހުމާ އެއްގޮތަށް ބަދަލު ގެނަސް، އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: MSCL/GOV/IUL/2017/29 (9 ޖަނަވަރީ 2017) ގެ މަޢުލޫމާތު ސާފުކުރުމަށް މިއަދު (11 ޖަނަވަރީ 2017) ބޭއްވުނު ސެޝަންގައި ކުރެހުމާ އެއްގޮތަށް މަސައްކަތް ކުރުމަށް ބީ.އޯ.ކިއު.ގެ މަޢުލޫމާތު ހިމެނިފައިނުވާތީ، މި އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ކުރެހުމާ އެއްގޮތަށް ބީ.އޯ.ކިއު. ތައްޔާރުކުރުމަށްފަހު އަލުން އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޖަނަވަރީ 2017
ހޯދާ