ޖުވެނައިލް ޖަސްޓިސް ޔުނިޓް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުން

އިޢުލާން

ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ޔުނިޓް ހިނގަމުންދާ ކުލުނުވެހީގެ (ޝީ ބިލްޑިންގ) 7 ވަނަ ފަންގިފިލާ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 10:00 އަށް މި ޔުނިޓަށް (ކުލުނުވެހީގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ޔުނިޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017
ހޯދާ