މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ސިވިލް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:         އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:    1

މުސާރަ:        މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް: ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި އެކައުންޓްސް އަދި ބިޒްނަސް ސްޓަޑީޒް މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 4 ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން.

- ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓަރީން އުނިވާން ޖެހޭނެއެވެ.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:    މާލެ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:    ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ،

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓު:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv ) އިން ލިބެން ހުންނާނެއެވެ.

މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެެވެ.

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017
ހޯދާ