ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމަށް

އިޢުލާން

ބަނދަރުގައި ހުރި ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާ ގުޅޭ

މި ރަށުގެ ބަނދަރު ސަރަޙައްދުގައި ހުރި ބަންޑާރަ ރުއްތައް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ވަނީ ބޭނުންވެފައެވެ.

ވީމާ، މި ރުއްތައް ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 22 ވަނަދުވަހުގެ 11:00 އަށް އަގު ހުށަހެޅުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ރަބީޢުލްއާޚިރު 1438

12 ޖަނަވަރީ 2017
ހޯދާ