ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
އިޢުލާން ބާޠިލުކުރުން

އިޢުލާން

މި އަހަރުގެ ދިރާސީ އަހަރު ފެށުމާ ހަމައަށް ސުކޫލްގެ ސައިންސް މާއްދާތައް ކިޔަވައިދެވޭނެ ކޮލިފައިޑް ބިދޭސީ ޓީޗަރުން މިހާރު މިވަނީ ހަމަޖެހިފައެވެ. މިހެންކަމުން، މި ސުކޫލްގެ ނަންބަރު GS-131/2016/31 (21 ޑިސެންބަރު 2016) އިޢުލާނުގައި ދެންނެވިފައިވާ ރިލީފް ޓީޗަރުން ނުނަގާގޮތަށް ހަމަޖައްސައިފީމެވެ.

ހަމައެހެންމެ، މި އަހަރުގެ ދިރާސީ އަހަރަށް އެކަށީގެންވާ އަދަދަށް ސުކޫލަށް ޓީޗަރުން ލިބިފައިވުމާއެކު، މި ސުކޫލްގެ ނަންބަރު GS-131/2016/30 (20 ޑިސެންބަރު 2016) އިޢުލާނުން ދެންނެވިފައިވާ ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން ޓީޗަރ ގެ މަޤާމަށްވެސް ވަގުތީ މުދައްރިސުން ނުނަގާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ސުކޫލްގެ ނަންބަރު GS-131/2016/31 (21 ޑިސެންބަރު 2016) އާއި GS-131/2016/30 (20 ޑިސެންބަރު 2016) އިޢުލާންތައް ބާޠިލުކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

10 ރަބީޢުލްއާޚިރު 1438

08 ޖަނަވަރީ 2017
ހޯދާ