ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ޕީ.ޓީ.އޭއަށް ޝައުޤުވެރިވާ ބެލެނިވެރިން ހޯދުމަށް

އިޢުލާން

2017 ވަނަ އަހަރު މި މަދަރުސާގައި އިފްތިތާޙްކުރެވޭ ޕީ.ޓީ.އޭއަށް ވަނުމަށް ޝައުޤުވެރިވާ ބެލެނިވެރިން ހޯދުމާ ބެހޭ

މި ފެށުނު 2017 ވަނަ އަހަރު މި ސްކޫލްގެ ޕީ.ޓީ.އޭގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ބެލެނިވެރިންނަށް އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މި މަދަރުސާގައި ރަޖިސްޓަރީ ކޮށްގެން ކިޔަވާ ކޮންމެ ދަރިވަރެއްގެ ބެލެނިވެރިޔަކަށްވެސް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ އެންމެހައި ބެލެނިވެރިން، 2017 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ސްކޫލްގެ އިދާރާއިން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުން އެދެމެވެ.

މިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، ބޭނުންވާ އަދަދަށްވުރެ (15 މެންބަރުން) އިތުރަށް ބެލެނިވެރިން ކުރިމަތިލާފައިވާނަމަ، ޕީ.ޓީ.އޭއަށް 15 މެންބަރުން ހޮވާނީ ބެލެނިވެރިންގެ ސިއްރު ވޯޓަކުންނެވެ. އެގޮތުން މި މުއްދަތުގައި ބޭނުންވާ އަދަދަށް ބެލެނިވެރިން ކުރިމަތިނުލައިފިނަމަ، މުއްދަތު އިތުރުކުރެވޭނެއެވެ.

ވީމާ، މިކަން އެންމެހައި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

09 ޖަނަވަރީ 2017
ހޯދާ