ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  

ސީނިއަރ އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް: އެމް. އެސް. 1

މުސާރަ:

މަހަކު -/5610 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޑިވިޜަން:

ހިއުމަން ރިސޯސަސް

ސެކްޝަން /ޔުނިޓް:

އެޗް އާރ ސެކްޝަން  

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް ކުރުން

2. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން، ސިވިލް ސަވިސްގެ ގަވާއިދާ އެއްގޮތަށް ތައްޔާރުކޮށް، މަސައްކަތް ހަވާލުކުރުން.

3. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތަކުގެ އިތުރުން، ހަވާލުކުރެވޭ ޒިންމާތައް މުވައްޒަފުންނާ ހަވާލުކޮށް، މަސައްކަތް ހިނގާނެގޮތް ރޭވުން.

4. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ އޮނިގަނޑާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

5. މުވައްޒަފުންނަށް އޮރިއެންޓޭޝަން/އިންޑަކްޝަން ޕްރޮގްރާމް/ޓްރޭނިންގ ޕްރޮގްރާމް ހިންގުން.

6. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ޓްރޭނިންގ ރިކްއަރމަންޓް ތައްޔާރުކޮށް، ޓްރޭނިންގ ބަޖެޓް ހަދައި، ޓްރޭނިންގތައް ހިނގާނެގޮތް ހަމަޖެއްސުން.

7. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ސުޕަވައިޒަރރުންނާ ގުޅިގެން މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކުރުވައި، އެ ޕްލޭން ތަންފީޒުކުރުވުން.

8. ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުންގެ ކަންކަން ގަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.

9. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ޕަރފޯމެންސް އެޕްރައިޒަލް، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ބެލޭނެގޮތް ހަމަޖައްސައި، އެ މަސައްކަތް ހިންގުން.

10. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާ ފަރާތްތަކަށް ހަދަންޖެހޭ އެއްބަސްވުން ހަދައި، މަސައްކަތް ހަވާލުކުރެވޭނެގޮތް އިންތިޒާމުކޮށް، ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުން އެކިއެކި ކަންކަމުގައި ޢަމަލުކުރަންޖެހޭ ޕޮލިސީތައް ހެދުން.

11. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ގަވާއިދު ހިންގައި، މުވައްޒަފުންގެ މައްޗަށް ގަވާއިދު ތަންފީޒުކުރުވުން.

12. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު، މުވައްޒަފުންގެ މަސައްކަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

13. މުވައްޒަފުންގެ ހާޒިރީއާއި މުސާރައާއި އެލަވަންސްގެ ކަންކަން ގަވާއިދާ އެއްގޮތަށް ހިންގުން.

14. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.

15. ހިއުމަން ރިސޯސް ސެކްޝަނުގެ ސުޕަވައިޒަރުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

16. ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ކަންކަން ހިނގާގޮތް ބަލައި ސުޕަވައިޒްކުރުން.

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ.އެސް 3

މުސާރަ:

މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން:

އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ސެކްޝަން / ޔުނިޓް:

އޯ.ޕީ.ޑީ، ރެޖިސްޓްރޭޝަން

މަސައްކަތްކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

 

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

1. ކިއު ސިސްޓަމުން ނަންބަރު ދޫކުރުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުކޮށް، ނަންބަރު ދޫކުރުން.

2. އެޕޮއިންޓެމެންޓް ދޫކުރަން ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އެޕޮއިންޓްމެންޓް ދޫކުރުން.

3. ރަޖިސްޓްރޭޝަނަށް އަންނަ ފޯނަށް ޖަވާބުދާރީވުން.

4. ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ ބަލައިގަނެ، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

5. ޚިދުމަތްހޯދާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

6. އިދާރީގޮތުން ރަޖިސްޓްރޭޝަނުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

7. ރަޖިސްޓްރޭޝަނުންދޭ ޚިދުމަތް މެދުނުކެނޑި ކުރިޔަށްދާނެގޮތަށް މަސައްކަތްކުރުން.

8. ޑޮކްޓަރުންގެ ކައިރީގައި ތަރުޖަމާކޮށްދޭން ޖެހިއްޖެނަމަ އެ މަސައްކަތް ކުރުން.

9. ކޭޝް ކައުންޓަރގައި މަސައްކަތްކުރަން ޖެހިއްނަމަ، އެ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/25 ރުފިޔާ

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް

 

އިންޓަވިއު އޮންނަ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ފަހު ހަފުތާގައެވެ. 

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން، 6885046 ނަންބަރު ފޯނަށް، ނުވަތަ 9555901 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ. 

11 ރަބީޢުލްއާޚިރު 1438

09 ޖަނަވަރީ 2017
ހޯދާ