ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވ. ފުލިދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ތަރުޖަމާނު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާޢާއި ، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެ.

ޑިވިޜަން/ ސެކްޝަން:

ވ. ފުލިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވ. ފުލިދޫ ޞިއްޙީ މަރުކަޒު

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ތަފާތުކުރުމެއްނެތި ޑޮކްޓަރަށް ދެއްކުމަށް ލިޔަންޖެހޭ ރަޖިސްޓްރީތަކުގައި ލިޔެ ފުރިހަމަކުރުމަށްފަހު، ބަލިމީހާއާއި ޑޮކްޓަރާ ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށް ރަނގަޅަށް ސާފުކޮށްދިނުން.

2. ކޮންސަލްޓޭޝަން ރޫމުގެ އިންވެންޓްރީ ބެލެހެއްޓުން.

3. އޮފީހުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

 

 

1- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ވ. އަތޮޅު ހޮސްޕިޓަލުންނާއި، ވ. ފުލިދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާޢްޖެއިންބޭރުގެ މަތީތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާޔާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

 

2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ވ. ފުލިދޫ ޞިއްޙީ މަރުކަޒަށް ނުވަތަ ވ. އަތޮޅު ހޮސްޕިޓަލަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6700605 ނަންބަރު ފޯނަށް، ނުވަތަ 6700029 ނަންބަރު ފޯނަށެވެ.

14 ރަބީޢުލްއާޚިރު 1438

12 ޖަނަވަރީ 2017
ހޯދާ