މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޭލެވެލް ޓޮޕްޓެން ޖަލްސާ

އިޢުލާން

އޭލެވެލް ޓޮޕްޓެން ޖަލްސާ

އޭލެވެލް ޓޮޕްޓެން ޖަލްސާ ބޭއްވުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2016/252) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ މަސައްކަތްތަކުގެ ތެރެއިން ނަންބަރު 1 ގައިވާ މަސައްކަތަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވުމާއި، ނަންބަރު 2 ގައިވާ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތައް ކޮލިފައިވެފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

1. ހޯލް ތައްޔާރުކުރުން، ޑިޒައިންކުރުމާއި ޕްރިންޓްކުރުމާއި ފޮޓޯނެގުން

2. ސައިފޮދު ތައްޔާރުކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2017 ޖަނަވަރީ 16 ވަނަ ދުވަހުގެ 14:00 އަށް

2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

12 ޖަނަވަރީ 2017
ހޯދާ