އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޓްރެއިނިންގ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

ޓްރެއިނިންގ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 227/A)AB-2016) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބައެއް ބަދަލުތައް ގެންނަންޖެހޭތީ މިހާރު ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

14:00

ބުދަ

18 ޖަނަވަރީ 2017

މަޢުލޫމާތު ސާފުކުރުން

14:00

އާދީއްތަ

22 ޖަނަވަރީ 2017

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

13 ރަބީޢުލްއާޚިރު 1438

11 ޖަނަވަރީ 2017
ހޯދާ