މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2 ކޮމްޕިއުޓަރ ސިސްޓަމާއި 1 ލެޕްޓޮޕް ސަޕްލައިކޮށްދޭ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭނުމަށް 2 ކޮމްޕިއުޓަރ ސިސްޓަމާއި 1 ލެޕްޓޮޕް ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)452-NNCD/452/2016/9 (26 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ތިން ފަރާތުން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތައް 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 25 ވާ ބުދަދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޖަނަވަރީ 2017
ހޯދާ