މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

 ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:                          

ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި: 

ދާއިމީ

މަޤާމުގެ ރޭންކް:                    

އެމް. އެސް. 1  

މަޤާމުގެ ކްލެސިފިކޭޝަން:              

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:              

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

މުސާރަ:                 

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:          

މަހަކު -/2000 ރުފިޔާ

 

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެއެވެ.

2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

3. މީގެ އިތުރުންވެސް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލް އިދާރާގެ އަހަރީބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ސެކްޝަންތަކުން ހޯދައިގެން ބަޖެޓް ތައްޔާރުކުރުން.

2. ކައުންސިލް  އިދާރާގެ  ބަޖެޓް  ދުވަހުން  ދުވަހަށް  ބާކީކޮށް  ބެލެހެއްޓުމާއި،  ކޮންމެ  މަހެއް ނިމުމުން،  އެ  މަހެއްގެ  ބަޖެޓް  ރިޕޯޓް،  އަތޮޅު  ކައުންސިލްގެ  އިދާރާއަށް  ފޮނުވުން.

3. މާލިއްޔަތު ގަވާއިދުގެ 6.02 ގައިވާ އުސޫލުން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ 4 ބޭންކް އެކައުންޓަށް ވަންނަ ފައިސާއާއި، ޚަރަދުވާ ފައިސާގެ ރެކޯޑުތައް ބަލަހައްޓައި، އެ އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް، އަތޮޅު ކައުންސިލަށް ފޮނުވުން.

4. މާލިއްޔަތު ގަވާއިދުގެ 6.16 ގައިވާ ގޮތުގެމަތީން ކައުންސިލް އިދާރާގެ ތިޖޫރީގެ ހަފުތާ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުމާއި، މާލިއްޔަތު ގަވާއިދުގެ 6.25 ގައިވާ ގޮތުގެމަތީން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. މި އިދާރާއިން އަގުދައްކާގޮތަށްދޭ ޚިދުމަތްތަކުގެ އަގު ބަލައިގަތުމާއި، އެ ޚިދުމަތްތަކުގެ ފައިދާއާއި، ގެއްލުމުގެ ހިސާބުތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.

6. ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ކުއްޔާއި ޚިދުމަތުގެ އަގަށްލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި، އެކަން ކަށަވަރުކުރުން.

7. ފައިސާއާބެހޭ ހުރިހާ ލިޔުންތަކެއް ލިޔެ ބަލަހައްޓަމުންގެންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ޗެކްކުރަމުން ގެންދިއުން.

8. ކައުންސިލުން އިންތިޒާމުކުރެވޭ ދަތުރުފަތުރާބެހޭ ކަންތައްތައް ބެލެހެއްޓުން.

9. ކައުންސިލް އިދާރާއަށް ބޭނުންވާ ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސެކްޝަންތަކަށް ހޯދަންވުމުން އެތަކެތި ހޯދުމަށް ޕްރޮކިޔޯމެންޓް ޕްރޮސެސް ކުރިޔަށްގެންދިއުން.

10. ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ކައުންސިލް ޤާނޫނުގައިވާ ގޮތުގެމަތީން ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކުރަންޖެހޭ މާލީ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

11. ކައުންސިލް އިދާރާއަށް ހޯދަންޖެހޭ އެންމެހައި ތަކެތި، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12. ކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުސޫލުގެމަތީން ދައްކަމުންގެންދޭތޯ ބަލައި، ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ ލަފާގެމަތިން އަޅަމުންގެންދިއުން.

13. އިދާރާއިން ރާވައި ހިންގާ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. އިދާރާގެ މަސައްކަތްތައް ކުރުމުގައި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައިވާގޮތަށް ޢަމަލުކުރަމުން ގެންދިއުން.

15. އިދާރާގެ  މުވައްޒަފުންނަށް  މުސާރަދިނުމާ  ގުޅޭގޮތުން  ތައްޔާރުކުރަންޖެހޭ  ލިޔުންތައް ތައްޔާރުކުރުމާއި، އެ ލިޔުންތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވަމުން ގެންދިއުން.

16. މި އިދާރާއިން ފައިސާދައްކާގޮތަށް ގަންނަ ތަކެއްޗާއި، ހޯދާ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުން.

17. ވަޒީފާބަޔާނުގައި  ހިމެނިގެން  ހަވާލުކުރެވިފައިވާ  މަސައްކަތްތަކުގެ  ތެރެއިން  ދުވަހުން ދުވަހަށް ނުވަތަ ވަކި ދުވަހަކަށް  ނިންމަންޖެހޭ  މަސައްކަތެއް  އޮވެ،  ސަލާމުގައި  ނުވަތަ ޗުއްޓީގައި  ހުރުމުގެ  ސަބަބުން  އެ  މަސައްކަތެއް  ނުނިމޭނެކަމަށްވާނަމަ،  އެ  މަސައްކަތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު، ސެކްޝަނުގެ ވެރިޔާއަށްދީ، އެ މަސައްކަތެއް ނިންމުމުގައި ދެވެންއޮތް އެއްބާރުލުމެއް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ދިއްގަރު ކައުންސިިލްގެ އިދާރާގައެވެ. އިންޓަވިއު ބާއްވާނެ ދުވަސް (ތާރީޚު) ކުރިމަތިލާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 15 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ / ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ސުންގަޑި:

2017 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

8. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

އެހެނިހެން ކަންތައްތައް:

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރު ވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ލިޔުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6720031 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6720031 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ