މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްްގައި ދުއްވާ ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރަމުންދާ އަލިފާން ނިވާ ފުޅިތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސަރވިސްްގައި ދުއްވާ ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރަމުންދާ އަލިފާން ނިވާ ފުޅިތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/193 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖަނަވަރީ 12 ވަނަ ދުވަހުން ފެށިގެން 2017 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100 (އެއް ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖަނަވަރީ 17 ވާ ބުދަދުވަހުގެ 15:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 25 ވާ ބުދަދުވަހުގެ 11:30 ގައި، މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

މި ސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/193 އިޢުލާނާ ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ގަންނާކަށް ނުޖެހޭނެއެވެ.  ނަމަވެސް، ބިޑް ވިއްކުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި އިސްކަންދަރު ބިލްޑިންގަށް ވަޑައިގެން ނަން ނޯޓުކުރަންވާނެއެވެ. ބިޑުގައި ނަން ނޯޓުނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައްޔާއި، ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

09 ޖަނަވަރީ 2017
ހޯދާ