ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

އިޢުލާނު

އެގްޒަމިނަރުން ހޯދުން:

މި އިދާރާއިން ދޫކުރާ، އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ، މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި، ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ، އެހެން ވަޒީފާއެއްގައި އުޅެމުން، ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ އަދަދު: 4 (އެއްގަމު ލައިސަންސަށް، ފިރިހެނަކާއި އަންހެނެއް އަދި ކަނޑު ލައިސަންސަށް 2 ފިރިހެނުން)

ޝަރުޠު:

- ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުމާއި، ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.

- މި އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

- ޓެސްޓްކުރާ ކޮންމެ އެއްގަމު ލައިސަންސް A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

- އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އެއްގަމު އުޅަނދަކަށް -/25 ރުފިޔާ

- ޓެސްޓްކުރާ ކޮންމެ ކަނޑު އުޅަނދަކަށް -/10 ރުފިޔާ

ސުންގަޑި:

އެގްޒަމިނަރުންގެގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއި، އެއްގަމު ލައިސަންސަށްނަމަ އެއްގަމު ލައިސަންސްގެ ކޮޕީއާއި، ކަނޑުލައިސަންސަށްނަމަ ކަނޑުލައިސަންސާއި، ނިޔަމިކަމުގެ ސެޓުފިކެޓާއެކު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1438

09 ޖަނަވަރީ 2017
ހޯދާ