ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގެއެއް/ އެޕާޓްމަންޓެއް ކުއްޔަށް ހިފަން

އިޢުލާން

ދ.އަތޮޅު ހޮސްޕިޓަލަށް ގެއެއް / އެޕާޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ

މި ހޮސްޕިޓަލުގެ ބޭނުމަށް 2 ނުވަތަ 3 ކޮޓަރީގެ ގެއެއް/ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެއްވުމަށް ހާޒިރުވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017
ހޯދާ