ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގެ ބޮޑެތި މަގުތައް ރަނގަޅުކޮށް ލެވެލްކުރުމާ ބެހޭ

ނައިފަރުގެ ބޮޑެތި މަގުތައް ރަނގަޅުކޮށް ލެވެލްކުރުމާ ބެހޭ

ޅ. ނައިފަރުގެ ބޮޑެތި ބައެއް މަގުތަކުގައި ހެދިފައި ހުރި އަޑިގުޑަންތައް (ވަޅުގަނޑުތައް) ނައްތައިލައި މަގުތައް ރަނގަޅުކޮށް ލެވެލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކުގައި ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑު ބައްލަވައިގަތުމަށްފަހު ބިޑް  ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 2017 ޖަނަވަރީ 10 ން 17 އަށް ކޮންމެ ދުވަހަކު 8:30 އާއި 12:30 އާ ދެމެދު ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ބިޑު ފޯމެއްގެ އަގަކީ -/30 ރުފިޔާ (ތިރީސް ރުފިޔާ) އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2017 ޖަނަވަރީ 12 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި،

އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ

ބިޑު ހުށަހެޅުން އޮންނާނީ، 2017 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހެޅޭނީ ބިޑް ބައްލަވައިގެންފައިވާ ފަރާތުގެ ނަމުގައެވެ.

08 ޖަނަވަރީ 2017
ހޯދާ