މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މަޖީދީމަގު މަރާމާތުކުރުމުގެ 4 ވަނަ ސެގްމަންޓް ނިމެންދެން އެ ސަރަޙައްދުގެ މަގުތަކަށް އަންނަ ބަދަލުތައް

އިޢުލާން

މަޖީދީމަގު މަރާމާތުކުރުމުގެ 4 ވަނަ ސެގްމަންޓުގެ މަސައްކަތް 29 ޑިސެންބަރު 2016 ގައި ފެށުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތް ނިމެންދެން އެ ސަރަޙައްދުގެ މަގުތަކަށް އަންނަ ބަދަލުތަށް ތިރީގައި މިވަނީއެވެ.

  1. 29 ޑިސެންބަރު 2016 އިން 4 ޖަނަވަރީ 2017 އަށް، ފަނޑިޔާރުމަގު ހުޅަނގުން އިރަށް، އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން.
  2. ޗާންދަނީމަގު މަޖީދީމަގާ ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގު ކުދީނާގޯޅިއާ ގުޅުނު ހިސާބަށް ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ރަބީޢުލްއައްވަލް 1438

28 ޑިސެންބަރު 2016
ހޯދާ