މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށްޓަކައި ދެމުން ދިޔަ ތިޔަރީ ޓެސްޓާ ގުޅޭ

އިޢުލާން

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށްޓަކައި މި އޮތޯރިޓީން ދެމުން އައިސްފައިވާ ތިޔަރީ ޓެސްޓް (ސުވާލު ކަރުދާސް) 2017 ޖަނަވަރީ 8 ން ފެށިގެން އެއްވެސް ކައުންސިލަކުން ދޫނުކުރާނެކަން އާންމުކޮށް އިޢުލާން ކުރީމެވެ. މި ތާރީޚުގެ ފަހުން މުޅިން އަލަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރާނީ އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނިޔަމިކަމުގެ ސަނަދު 1 ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ފުރިހަމަކޮށްގެން ލިބިފައިވާ ސެޓުފިކެޓުގެ ކޮޕީ ހުށަހެޅުމުން ކަމުގައިވެސް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.   

06 ރަބީޢުލްއާޚިރު 1438

04 ޖަނަވަރީ 2017
ހޯދާ