މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: މަހަކު -/3،100 ރުފިޔާ

އެލަވަންސް: މަހަކު -/1،000 ރުފިޔާ

ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅުނަމަ، ކޮންޓްރެކްޓް އާކުރެވޭ އުސޫލުން)

ކޮންޓްރެކްޓުގެ މުއްދަތު: 1 އަހަރުދުވަސް

ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖްކުރާ މަރުކަޒު

މަޤާމުގެ އަސާސީ ޝަރުޠުތައް:

1. އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން.

2. ޞިއްޙަތު ސަލާމަތުންހުރި މީހެއްކަމުގައިވުމާއި، ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި މީހެއްކަމުގައިވުން.

4. އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން އަނގޮޅިތީމުގެ ކުނި ނައްތައިލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓްކުރުމާއި، އެތަކެތި ވަކިކުރުން.

2. ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި، ކުނި ނައްތައިލާ މަރުކަޒަށް ގެންދިއުން.

3. ކުނި ރިސައިކަލްކުރުމާއި، ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް.

4. ގޭގެއިން ކުނި ނެގުމުގެ މަސައްކަތް.

5. ކުނި ނައްތައިލާ މަރުކަޒާއި، މަރުކަޒު ވަށައިގެންވާ ސަރަހައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން.

6. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް.

7. ކުނި ނައްތައިލުމާ ގުޅުންހުރި އެހެނިހެން ކަންކަން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައިމިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން: % 10

2. މަސައްކަތުގެ ތަޖުރިބާ: %20

3. އިންޓަވިއުގައި، މަސައްކަތުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުން: %70

އެޕްލިކޭޝަން ފޮނުވަންވީ އެންމެފަހު ތާރީޚު:

2017 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން، ރ. އަނގޮޅިތީމް ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ކައުންސިލުން ލިބެން ހުންނާނެ)

2. ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއެއްގައި އުޅޭކަމުގެ ލިޔުން.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

4. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސިޓީތަކުގެ ކޮޕީ (އަސްލާއެކު)

އިންޓަވިއު ކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚު، ފަހުން އެންގޭނެއެވެ.

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017
ހޯދާ