މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮނޑި ހޯދުމަށް

އިޢުލާން

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އާ އިމާރާތަށް ބޭނުންވާ ގޮނޑި ހޯދުމަށް

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އައު އިމާރާތުގައި ބޭނުންކުރުމަށްޓަކައި ތިރީގައި މި ދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ. މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް މިތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން މަޢުލޫމާތު ސާފުކޮށް 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު (ތަކެތި ވިއްކާނެ އަގު، ލިޔުމުން ދެވުނު މަޢުލޫމާތުގައިވާ ގޮތަށް ތަކެތީގެ މަޢުލޫމާތު އެކުލެވޭ ލިޔުންތަކާއެކު) ހުށަހަޅައިދިނުން އެދެމެވެ.

މަޢުލޫމާތު ދިނުމަށް ކަނޑައަޅާ ބުނެފައިވާ ދުވަހުގެ (11 ޖަނަވަރީ 2017) ހެނދުނު 9:00 އިން ފެށިގެން 13:30 އާ ހަމައަށް މަޢުލޫމާތު ފޯނުންވެސް ސާފުކޮށްދެވޭނެއެވެ. އެ ފަރާތަކުން ބުނުއްވާ މެއިލް އެޑްރެހަށް ނުވަތަ ފެކްސް ނަންބަރަކަށް ލިޔުމުން ދެވޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު 6720032 ފޯނާއެވެ.

މަޢުލޫމާތު ސާފުކޮށްފައިނުވާ އަދި އަންދާސީހިސާބު ހުށަހެޅުމަށް އޮތް ގަޑިއަށް އަންދާސީހިސާބު ހުށަހަޅާފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައަކަށްލައި ބަންދުކޮށްގެން ހުށަހަޅަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި، ހުށަހަޅަން އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި ތަކެތި ހަމައަށް ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

ބޭނުންވާ ތަކެތި:

9 ގޮނޑި ހައިބެކް

15 ގޮނޑި ލޯބެކް

ތަކެތި ކައުންސިލް އިދާރާއަށް ފޯރުކޮށްދީ ބިލް ހުށަހެޅުމުން، ފައިސާ ދިނުމަށް ހަމަވަގުތުން ކޭޝް ޗެކް ހަވާލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޑިސެންބަރު 2016
ހޯދާ