ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބިޒްނަސް ސްޓަޑީޒް ޓީޗަރ

އިޢުލާން

ބިޒްނަސް ސްޓަޑީޒް ޓީޗަރ:

މި މަރުކަޒުގެ ގްރޭޑް 8، އާއި 9 އާއި 10 ގެ ދަރިވަރުންނަށް "ބިޒްނަސް ސްޓަޑީޒް" މި މާއްދާ ކިޔަވައިދެއްވާނެ ރިލީފް ޓީޗަރެއް ހޯދަން ބޭނުންވެއެވެ.

މުވައްޒަފުގެ ތަޢުލީމީ ފެންވަރާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މުވައްޒަފުގެ ތަޢުލީމީ ފެންވަރު

މުސާރަ

ސަރވިސް އެލަވަންސް

1. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

3. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ނޯޓު:

1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒަށް، ތިރީގައިމިވާ ލިޔުންތައް ހުށަހެޅުން އެދެމެވެ.

1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސްކޫލް ލީވިންގ ސެޓުފިކެޓު

4. ތަޢުލީމީ ސެޓުފިކެޓުތައް

5. ވަނަވަރު

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ