މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

މަޤާމު:                     އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:                01 (އެކެއް)

މަޤާމުގެ ގިންތި:                ދާއިމީ

މަޤާމުގެ ރޭންކް:                އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:           އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:                    މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:           މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:                 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ގަވާއިދުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:      ފައިނޭންސް ޑިވިޝަން / މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ ފައިނޭންސް ޑިވިޜަނުން ބަލަހައްޓާ ، 1058، 1063، 1062، 1051، 1052، 1053، 8003 ބިޒްނަސް އޭރިޔާތަކުގެ ޕޭމަންޓް ވައުޗަރތައް ލިބުމުން، ޗެކުކުރުމަށްފަހު ހުއްދަ ދޭ ސޮއިކުރުން އަދި އެސް،އޭ،ޕީ ސޮފުޓްވެއަރއަށް ޑޭޓާ އެޅުވުމާއި، ޑޭޓާ ޗެކުކޮށް 1 ދުވަހުގެތެރޭގައި ޕީވީ ޕޯސްޓްކުރުން.

  2. އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ބަޖެޓް ވަކިކުރި ސްކޫލްތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި، ޓިވެޓާގެ ބަޖެޓް ޕީ.ވީ އާއި، މުސާރަ ޕީވީތައް ކަނޑައެޅިފައިވާ މުއްދަތަކަށް ގެނުވައި އެ ޕީ.ވީ.ތައް އެސް،އޭ،ޕީ ސޮފުޓްވެއަރ އަށް ޑޭޓާ އެޅުވުމާއި، ޑޭޓާ ޗެކުކޮށް 1 ދުވަހުގެތެރޭގައި ޕީވީ  ޕޯސްޓްކުރުން. އަދި ސްކޫލްތަކުގެ ޕީވީތަކުގައިވާ ފައިސާ ސްކޫލްތަކުގެ އެކައުންޓަށް ޖަމާވިކަން ކަށަވަރުކުރުން.

  3. ހިޔުމަން ރިސޯސަސް ސެކްޝަންއިން މިނިސްޓްރީ މުވައްޒަފުންގެ މުސާރަ ސީޓުތައްޔާރުކޮށް ލިބުމުން 1 ދުވަހުގެ ތެރޭގައި ޗެކުކުރުމަށްފަހު ޕޯސްޓުކުރުން. އަދި މުސާރަ ފައިސާ މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާވިކަން ކަށަވަރުކުރުން.

  4. ސަބްސިޓީޒްގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ކަންތައްތައް ކުރުވުން.

  5. އާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ރެކޯޑު ދުވަހު ފޮތުގައި ލިޔެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމާއި، އެކައުންޓާބެހޭ އެންމެހައި ކަންކަން ކުރުމާއި، ހިސާބުތައް ބާކީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.

  6. މިނިސްޓްރީގެ ބޭނުމަށް ނެގޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެގުމާއި ޙަވާލު ކުރުވުމުގެ ކަންކަން ކުރުވުން.

  7. މިނިސްޓްރީން ވިއްކާ ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރާ ފޯމުތަކާއި، އަދި ފޮތްތައް ވިއްކުމުގެ އެންމެހައި ކަންކަން ކުރުވުން.

  8. އާމްދަނީ ފައިސާއާއި، ވަގުތީގޮތުން ބަހައްޓާފައިސާއާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ތިޖޫރީގައި ބަހައްޓާ ފައިސާ ބާކީކޮށް ތަފުސީލު ބެލެހެއްޓުމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހަފުތާއަކު 1 ފަހަރު ފޮނުވަންޖެހޭ، ތިޖޫރީގައި ބަހައްޓާ ފައިސާގެ ރިޕޯޓު ނިމުނު ހަފުތާގެ ރިޕޯޓު ހިނގަމުންދާ ހަފުތާގެ ފުރަތަމަ ދުވަހު ގަވައިދުން ފޮނުވުމުގެ މަސައްކަތް ކުރުވުން.

  9. މި ސެކްޝަންގެ މަސައްކަތްތައް ހަލުވިކަމާއި، އޮމާންކަމާއެކު ވީހައިވެސް ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، އެކަމަށް ބޭނުންވާނެ މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތައް ހޯދައި އިންތިޒާމު ކުރުމުގެ މަސައްކަތްތައް، ހަމަޖެހިފައިވާ ގަވައިދުތަކުގެ ތެރެއިން ކުރުން.

  10. ސެކްޝަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސާރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާ އެއްގޮތަށް ކުރުން.

  11. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރެވިފައިވާ އޮންނާނެ ގޮތުގެ މަތިން މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް، މުވައްޒަފުންކުރާ މަސައްކަތުގެ ފެންވަރާއި، މިންވަރު ވަޒަންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

  12. ސެކްޝަންގެ މަސައްކަތްތައް ހަލުވިކޮށް، ދާއިރާގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، ފުރުސަތުތައް ހަމަޖެހިފައިވާ ގަވައިދުތަކުގެ ތެރެއިން މުވައްޒަފުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދިއުން.

  13. ސެކްޝަންގެ މަސައްކަތްތައް، ދާއިރާގެ ފެންވަރުގައްޔާއި، ޤައުމީ، ފެންވަރުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، އެ ރޮނގުން ކުރިއަށް ދިއުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.

  14. ސެކްޝަންގެ މަސައްކަތާގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތަކަކަށް ޖަވާބުދާރީވުން.

  15. މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށް ހަމަޖެހިފައި އޮންނަ އުސޫލަކާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތްތަށް ހުށަހެޅުން

ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  4. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

  5. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

05 ޖަނަވަރީ 2017
ހޯދާ